ދެން އެމީހުންގެ ލޯހުޅުވި އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު އީސާގެފާނު އެމީހުންގެ ކުރިމަތިން ޣައިބު ވެއްޖެއެވެ. އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އެކަލޭގެފާނު މިއައި މަގުމަތީ އަހަރެމެންނާއި ވާހަކަ ދައްކަވާ ފޮތްތަކުގައި އެކަލޭގެފާނާއި ބޭހެގޮތުން ލިޔެވިގެން ވީ ބަސްފުޅުތައް އަހަރެމެންނަށް ތަފްސީލު ކޮށްދެއްވި އިރު އަޅެ އަހަރެމެންގެ ހިތުގައި ފުން އިހުސާސްތަކެއް އިހުސާސް ކުރެވުމަކުން ނުދޭ ތަ؟“