ފެށުން 4:26-5
ފެށުން 4:26-5 ކމ
ތިމަންކަލާނގެ ތިބާއަށް އުޑުގައިވާ ތަރިތަކާއި އެއްފަދައިން ގުނާ އަދަދު ނުކުރެވޭފަދަ ދަރިފަސްކޮޅެއް ދެއްވާނަމު. އަދި އެ ދަރިފަސްކޮޅަށް މި ބިން ދެއްވާނަމު. އަދި ތިބާގެ ދަރިފަސްކޮޅު މެދުވެރި ކުރައްވައި މި ދުނިޔޭގައިވާ އެންމެހާ ޤައުމުތަކުގައިވާ މީސްތަކުންނަށް ރަޙުމަތް ލައްވާނަމު. ތިމަންކަލާނގެ ތިބާއަށް ރަޙުމަތްލައްވާ ސަބަބަކީ އިބްރާހީމްގެފާނު ތިމަންކަލާނގެ އެންގެވި އެންމެހާ އެންގެވުންތަކަށް ކިޔަމަންތެރިކަން އަދާ ކުރައްވައި ތިމަންކަލާނގެ އަމުރުކުރެއްވި ފަދައިން އަމަލު ކުރައްވާފައި ވާތީ.“