ފެށުން 36
36
ޢީސޫގެ ދަރިފަސްކޮޅު
1މިއީ ޢީސޫގެ ދަރިފަސްކޮޅު އުފެދިގެން އައިގޮތެވެ. އަދި ޢީސޫއަށް އަދޫމްގެ ނަމުން މުޚާތަބު ކުރެވެއެވެ. 2ކަންޢާނުގެ ތިން އަންހެނުންނާއި ޢީސޫ ކައިވެނި ކުރިއެވެ. އޭނާ ފުރަތަމަ ކައިވެނިކުރީ ޙިއްޘީންގެ މީހެއް ކަމުގައިވާ އީލޫންގެ އަންހެންދަރި ޢަދަތު އާއިއެވެ. ދެވަނައަށް އޭނާ ކައިވެނި ކުރީ އަހޫލީބާމަތު އާއިއެވެ. މިކަނބުލޭގެ އަކީ ޙިއްވީއެއް ކަމުގައިވާ ޞަބްޢޫންގެ ކާފަދަރިއެކެވެ. އަދި ޢަނަތުގެ އަންހެން ދަރިވެސްމެއެވެ. 3އެއަށް ފަހު އިސްމާޢީލްގެފާނުގެ އަންހެން ދަރިކަނބަލުން ބަސްމަތު އާއި ކައިވެނި ކުރިއެވެ. މި ބަސްމަތު އަކީ ނަބާޔޫތުގެ އުޚުތާ ވެސްމެއެވެ. 4ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިފުޅުގެ ނަމަކީ އަލީފާޒުއެވެ. ޢީސޫ އާއި ބަސްމަތުއަށް ލިބުނު ފިރިހެން ދަރިފުޅަކީ ރަޢޫއީލް އެވެ. 5އަދި ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ފިރިހެން ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް، އަދި ޤޫރަޙު އެވެ. ޢީސޫއަށް ލިބުނު މިހުރިހާ ދަރިންމެ އުފަންވީ ކަންޢާނުގެ ބިމުގައެވެ.
6ޢީސޫ އޭނާގެ އެންމެހާ އަނބިދަރިންނާއި ޚާދިމުންނާއި އަދި އޭނާ އާއި އެކުގައި ދިރިއުޅެމުން ގެންދާ ހުރިހާ އެންމެންނާއި އަދި ކަންޢާނުން އޭނާއަށް މިލްކު ވީ އެންމެހާ މުދަލާއި ޖަނަވާރުތަކާއެކު އޭނާގެ ކޮއްކޮ ޔަޢުޤޫބުގެފާނާއި ދުރަށް ދިރިއުޅުމަށް ދިޔައެވެ. 7އޭނާ މިފަދައިން އަމަލުކުރީ އެ ދެބެއިންގެ ޖަނަވާރުތައް ގިނަވެ ގެންގުޅޭނެތަން ހުސްވުމުގެ ސަބަބުން ދިރިއުޅުން ދަތިވުމުންނެވެ. 8އެހެންވީމާ ޢީސޫ ސަޢީރުގެ ފަރުބަދަތަކުގެ ކައިރި ފަށުގައި ދިރިއުޅެމުން ގެންދިޔައެވެ. (ޢީސޫއަށް އަދޫމްގެ ނަމުން ވެސް މުޚާތަބު ކުރެއެވެ.)
9-14މިއީ ޢީސޫގެ ދަރިފަސްކޮޅު ފެށިގެން އައިގޮތެވެ. އޭނާއަކީ އަދޫމީންގެ ކާބަފައިކަލުންނެވެ. އެބައިމީހުން ދިރިއުޅެމުން ގެންދިޔައީ ފަރުބަދަމަތީ ރަށެއް ކަމުގައިވާ ސަޢީރުގައެވެ. ޢީސޫގެ ތިން އަނބިން ވިއެވެ. އެއީ ޢަދަތު، ބަސްމަތު އަދި އަހޫލީބާމަތުއެވެ.
ތިރީގައިމިވަނީ އޭނާގެ ދަރިފަސްކޮޅު ފެށިގެން އައި ގޮތުގެ ވާހަކަތަކެވެ.
ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިއަކީ އަލީފާޒު އެވެ. އަދި އަލީފާޒަށް ލިބުނު ދަރިންނަކީ ތީމާން، އޫމާރު، ޞަފްވާ، ޖަޢްޘާމް އަދި ޤަނާޒު އެވެ. އަދި ޢީސޫގެ ދަރި އަލީފާޒުގެ ތިމްނާޢު އޭކިޔުނު ޖާރިޔާއަކު ވިއެވެ. މި ޖާރިޔާގެ ފަރާތުން އަލިފާޒަށް ލިބުނު ފިރިހެންދަރިއަކީ ޢަމާލިޤު އެވެ.
ޢީސޫ އާއި ބަސްމަތަށް ލިބިފައިވާ ފިރިހެން ދަރިފުޅުގެ ނަމަކީ ރަޢޫއީލް އެވެ. އަދި މި ރަޢޫއީލްއަށް ލިބުނު ދަރިންނަކީ ނަޙަޘު، ޒާރަޙު، ޝައްމަތު އަދި މިއްޒަތު އެވެ.
ޢީސޫ އާއި އަހޫލީބާމާއަށް ތިން ފިރިހެން ދަރިން ލިބިފައި ވިއެވެ. އެ ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް އަދި ޤޫރަޙު އެވެ.
15ޢީސޫގެ ދަރިންނާއި ކާފަދަރިން ތަފާތު ވަންހަތަކުގެ އިސް ވެރިންގެ ގޮތުގައިވިއެވެ.
ޢީސޫގެ ދޮށީ ފިރިހެން ދަރިފުޅު އަލީފާޒު އަކީ މި ވަންހަތަކުގެ ކާބަފައިކަލުންނެވެ. އެއީ ތީމާން، އޫމާރު، ޞަފްވާ، ޤަނާޒު، 16ޤޫރަޙު، ޖަޢްޘާމް އަދި ޢަމާލިޤު އެވެ. އަދި މިއީ ޢީސޫ އާއި ޢަދަތުގެ ފިރިހެން ދަރިފުޅު އަލީފާޒުގެ ފަރާތުން އައި ދަރިފަސްކޮޅެވެ.
17ޢީސޫގެ ފިރިހެން ދަރިފުޅު ރަޢޫއީލް އަކީ މި ވަންހަތަކުގެ ކާބަފައިކަލުންނެވެ. އެއީ ނަޙަޘު، ޒާރަޙު، ޝައްމަތު އަދި މިއްޒަތު އެވެ. މި ވަންހަތަކަކީ އަދޫމްގައި ކަމުވޮށިވެގެންވީ ވަންހަތަކެވެ. އަދި މިއީ ޢީސޫއާއި ބަސްމަތުގެ ފިރިހެންދަރި ރަޢޫއީލްގެ ފަރާތުން އައި ދަރިފަސްކޮޅެވެ. ހަމައެހެންމެ މިބައިމީހުންނީ ބަސްމަތުގެ މާމަދަރިން ވެސްމެއެވެ.
18ޢީސޫ އާއި އަހޫލީބާމަތަށް ލިބުނު ދަރިންނަކީ މި ވަންހަތަކުގެ ކަމުވޮށިވެގެންވީ ވަންހަ ތަކެވެ. އެއީ ޔަޢޫޝް، ޔަޢްލާމް އާއި ޤޫރަޙުއެވެ. މިބައިމީހުންނީ ޢީސޫގެ އަނބި އަދި ޢަނަތުގެ އަންހެންދަރި އަހޫލީބާމާގެ ފަރާތުން އައި ދަރިފަސްކޮޅު ވެސްމެއެވެ.
19މި ބަޔާންވެދިޔައީ ޢީސޫގެ ދަރިފަސްކޮޅުން އުފެދުނު ވަންހަ ތަކެވެ. (ޢީސޫއަށް މުޚާތަބުކުރާ އަނެއް ނަމަކީ އަދޫމް އެވެ.)
20-21އަދޫމްއަށް ޢީސޫ ދިޔުމުގެ ކުރިން އެ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅުނީ ޙޫރީންގެ ސަޢީރުގެ ދަރިފަސްކޮޅެވެ. ސަޢީރުގެ ދަރިފަސްކޮޅުން އައި ކަމުވޮށިވެގެންވީ ވަންހަތަކަކީ ލޫޠާން، ޝޫބާލް، ޞިބްޢޫން، ޢަނަތު، ދީޝޫން، އީޞަރު، އަދި ދީޝާން އެވެ. އަދި މިއީ ޙޫރީންގެ ވަންހަތަކުގެ ތެރެއިން ސަޢީރުގެ ދަރިކޮޅުން އަދޫމްގައި ދިރިއުޅެމުން ދިޔަ ވަންހަ ތަކެވެ.
22ލޫޠާންއަށް ލިބިފައިވާ ދަރިންނަކީ ޙޫރީ އާއި ހައިމާމް އެވެ. އަދި ލޫޠާންގެ ދައްތަ އެއް ވެއެވެ. އެ ކަނބުލޭގެ ނަމަކީ ތިމްނާޢު އެވެ.
23ޝޫބާލްއަށް ލިބުނު ދަރިންނަކީ އަލްވާން، މަނާޙަތު، ޢައިބާލް، ޝަފޫ ގެ އިތުރުން އޫނާމް އެވެ.
24ޞިބްޢޫންއަށް ލިބިފައިވާ ދަރިންނަކީ އައްޔަތު އާއި ޢަނަތު އެވެ. އަދި މި ޢަނަތު އަކީ އޭނާގެ ބައްޕަގެ ހިމާރުތައް ބަލަހައްޓަމުން ގެންދިޔަ ދުވަސްވަރުގައި އެ ސަހަރާގެ ތެރޭން ހޫނުފެނުގެ ފެން އާރުތައް ހޯދި މީހާ ވެސްމެއެވެ.
25ޢަނަތުއަށް ލިބިފައިވީ ދަރިންނަކީ ދީޝޫން އާއި އަދި އޭނާގެ އަންހެންދަރި އަހޫލީބާމަތު އެވެ.
26ދީޝޫންއަށް ލިބިފައިވާ ދަރިންނަކީ ޙަމްދާން، އަޝްބާން، ޔިޘްރާން އަދި ކަރާން އެވެ.
27އީޞަރުއަށް ލިބިފައިވީ ދަރިންނަކީ ބިލްހާން، ޒަޢަވާން، އަދި ޢައްޤާން އެވެ.
28ދީޝޫންއަށް ލިބިފައިވީ ދަރިންނަކީ ޢޫޞް އާއި އަރާން އެވެ.
29އެހެންވީމާ، ޙޫރީންގެ ވަންހައިގެ ކަމުވޮށިވެގެންވީ މީހުންނަކީ ލޫޠާން އާއި ޝޫބާލް އާއި ޞިބްޢޫން އާއި ޢަނަތު އާއި 30ދީޝޫން އާއި އީޞަރުގެ އިތުރުން ދީޝާން އެވެ.
އަދި މިބައިމީހުންނީ ޙޫރީންގެ ވަންހަތަކުގެ ކަމުވޮށިވެގެންވީ މީހުންގެ ގޮތުގައި އަދޫމްގައި ދިރިއުޅުނު މީހުންނެވެ.
އަދޫމްގައި ވެރިކަންކުރި ރަސްރަސްކަލުން
31ބަނީއިސްރާއީލުންގެ މައްޗަށް ވެރިކަން ހިންގާނޭ ރަސްކަލަކު އެބައިމީހުންގެ މައްޗަށް ލިބިފައި ވުމުގެ ކުރީގައި މި ބަޔާންކުރާ ރަސްރަސްކަލުން އަދޫމްގައި ރަސްކަން ހިންގާފައި ވެއެވެ.
32އަދޫމުގައި ވެރިކަން ހިންގި ރަސްރަސްކަލުން ރަސްކަން ކޮށްފައި ވަނީ މި ބަޔާންކުރާ ތަރުތީބުންނެވެ. އެންމެ ފުރަތަމަ ރަސްކަން ކުރީ ބަޢޫރުގެ ދަރި ބާލަޢު އެވެ. އޭނާ އަކީ ދިންހާބަތުގެ ސަހަރުގެ މީހެކެވެ.
33ބާލަޢު ނިޔާވުމަށް ފަހު ބުޞްރާ ސަހަރުގެ މީހެއް ކަމުގައިވާ ޔޫބާބުއަށް ރަސްކަން ލިބުނެވެ. މީނާ އަކީ ޒާރަޙުގެ ދަރިއެކެވެ.
34ޔޫބާބު ނިޔާވުމަށް ފަހު ޙޫޝާމުއަށް ރަސްކަން ލިބުނެވެ. މީނާއަކީ ތައިމާނީންގެ މީހެކެވެ.
35ޙޫޝާމު ނިޔާވުމަށް ފަހު ބަދާދުގެ ދަރި ހަދާދަށް ރަސްކަން ލިބުނެވެ. އަދި އޭނާ މުއާބު ރަށުގައިވާ މިދްޔާން ވަންހައިގެ މައްޗަށް ފަތަޙަ ހޯދިއެވެ. ހަދާދު އަކީ ޢަވީތު ސަހަރުގެ އަހުލުވެރިއެކެވެ.
36ހަދާދު ނިޔާވުމަށް ފަހު ސަމްލަތުއަށް ރަސްކަން ލިބުނެވެ. މީނާއަކީ މަސްރީޤާގެ އަހުލުވެރިއެކެވެ.
37ސަމްލަތު ނިޔާވުމަށް ފަހު ފުރާތު ކޯރު ސަރަހައްދުގެ ސަހަރެއް ކަމުގައި ވީ ރަޙޫބޫތުގެ އަހުލުވެރިއެއް ކަމުގައި ވީ ޝާއޫލްއަށް ރަސްކަން ލިބުނެވެ.
38ޝާއޫލް ނިޔާވުމުން ޢަކްބޫރުގެ ދަރި ބަޢަލްޙާނާނުއަށް ރަސްކަން ލިބުނެވެ.
39ބަޢަލްޙާނާނު ނިޔާވުމަށް ފަހު ހަދާދުއަށް ރަސްކަން ލިބުނެވެ. މީނާ އަކީ ފާޢޫ ސަހަރުގެ އަހުލުވެރިއެކެވެ. އަދި މީނާގެ އަނބިމީހާގެ ނަމަކީ މަހީޠަބްއީލް އެވެ. މިކަނބުލޭގެ ބައްޕަ އަކީ މަޠްރަދު އެވެ. އަދި މި ކަނބުލޭގެއަކީ މައިޒަހަބުގެ މާމަ ދަރިއެއް ވެސްމެއެވެ.
40-43އަދޫމްގައި ވީ ވަންހަތަކުގެ ކާބަފައިކަލުންނީ ޢީސޫއެވެ. އެ ވަންހަތަކަކީ ތިމްނާޢު، ޢަލްވަތު، ޔަތީތު، އަހޫލީބާމަތު، އީލަތު، ފީނޫން، ޤަނާޒް، ތައިމާން، މިބްޞާރު، މަޖްދިއީލް ގެ އިތުރުން ޢީރާމް އެވެ. މިގަބީލާތައް ދިރިއުޅެމުން ދިޔަ ވަންހަތަކަށް ނަންދީފައިވާނީ މި ވަންހަތަކުގެ ވެރިންގެ ނަމުންނެވެ.
Currently Selected:
ފެށުން 36: ކމ
Highlight
Share
Copy

Want to have your highlights saved across all your devices? Sign up or sign in
© (Active), Wycliffe Bible Translators, Inc. All rights reserved.