ފެށުން 11:39-12
ފެށުން 11:39-12 ކމ
އެއްދުވަހަކު ޔޫސުފުގެފާނު އެކަލޭގެފާނާއި ޙަވާލުކުރައްވާފައިވާ މަސައްކަތް ކުރެއްވުމަށްޓަކައި އާދައިގެ މަތިން ފޫޠީފާރުގެ ގަނޑުވަރަށް ވަޑައިގެންނެވިއެވެ. އެ ހިނދު ގަނޑުވަރުގައި މަސައްކަތް ކުރާ އިތުރު އެއްވެސް ޚާދިމަކު ގަނޑުވަރުގައި ނުވެއެވެ. ކުއްލިއަކަށް އެކަލޭގެފާނުގެ ސާހިބާގެ އަނބިމީހާ އައިސް އެކަލޭގެފާނުގެ ރިދާކޮޅުގައި ހިފެހެއްޓުމަށް ފަހު މިފަދައިން އެދުނުމެއެވެ. ”އަހަރެންނާއިއެކު އެއްދާން ކުރުމަށް އާދެބަލަ!“ ނަމަވެސް ޔޫސުފުގެފާނު އެކަލޭގެފާނުގެ ރިދާކޮޅު ދޫކޮށްލެއްވުމަށް ފަހު އެކަނބުލޭގެ ކިބައިން ސަލާމަތްވެ، ދުވެ ވަޑައިގެން ބޭރަށް ނުކުންނެވިއެވެ.