YouVersion Logo
Search Icon

ފެށުން 39:41-40

ފެށުން 39:41-40 ކމ

އެއަށް ފަހު ޔޫސުފުގެފާނާއި ދިމާއަށް އެނބުރިވަޑައިގެން ފިރުޢައުނު ވިދާޅުވިއެވެ. ”⁠މި ހުވަފެންތަކުގެ ތަޢުބީރު މާތްކަލާނގެ ތިބާއަށް ދައްކުވައި ދެއްވައިފި. އަހަރެމެންގެ ތެރޭގައި މުޅި މިޞްރުން ތިބާއަށް ވުރެން ވަކިން ބުއްދިވެރި މީހަކު ނުމެނެތްމެ. އެހެންވީމާ، އަހަރެންގެ ގަނޑުވަރުގެ ކަންތައްތައް ހިންގައި ބެލެހެއްޓުމަށް އަހަރެން ތިބާ ޢައްޔަން ކުރަން. ހުރިހާ އެންމެން ތިބާއަށް ކިޔަމަންތެރިކަން އަދާކުރާނެ. އަދި އަހަރެން ފިޔަވައި ތިބާއަށް ވުރެން ވަކިން އިސްމީހަކު މި ތަނުގައި ނުހުންނާނެމެ.⁠“