YouVersion Logo
Search Icon

މަރުކުސް 43:12-44

މަރުކުސް 43:12-44 ކމ

އެ ހިނދު އަސްޙާބީންނަށް އެކަލޭގެފާނުގެ އަރިހަށް އައުމަށް އެދިވަޑައިގަތެވެ. އަދި އެބޭކަލުން އެކަލޭގެފާނުގެ އަރިހަށް އައުމުން ވިދާޅުވިއެވެ. ”⁠އަހަރެން ތިޔަބައިމީހުންނަށް ބުނަން. އެ ނިކަމެތި ކަނބުލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ހޭދަކުރާ ފައިސާ އަޅާ ފޮއްޓަށްލީ ފައިސާ އެހުރިހާ މުއްސަނދިން އެޅި ފައިސާޔަށް ވުރެން މާ ގިނަ. އެއީ އެބައިމީހުން ހުށަހެޅި ފައިސާ އަކީ އެބައިމީހުންގެ މުއްސަނދިކަމުގެ ސަބަބުން ބޭނުން ނުކުރެވި އިތުރުވެފައިވާ ފައިސާ. އެހެނަސް އެ ހުވަފަތް ކަނބުލޭގެ ހުށަހެޅި ފައިސާ އަކީ އެކަނބުލޭގެ ހައިހޫނުކަމުގައި ހުރެ ދިން އަތުގައި އޮތް ހަމައެކަނި ދެ ފައިސާ ފޮތި. އަދި އެއީ އެކަނބުލޭގެ އަތުގައިވީ ހުރިހާ ފައިސާއެއް ވެސްމެ.⁠“