ފެށުން 10
10
ޤައުމުތައް ގިނަވެ އިތުރުވުން
1މިއީ ނޫޙުގެފާނުގެ ތިން ދަރިކަލުން، ސާމު އާއި ޙާމު އާއި ޔާފަޘުގެ ދަރިފަސްކޮޅު އުފުދިގެން އައި ގޮތެވެ. ފެން ބޮޑުވުމުގެ ފަހުން މި ތިން ބޭފުޅުންނަށް ވެސް ދަރިން ލިބުނެވެ.
2ޔާފަޘުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ޖޫމަރު އާއި، މާޖޫޖު އާއި، މާދާއި އާއި، ޔާވާން އާއި، ތޫބާލް އާއި، މާޝަކު އާއި، ތީރާސް އެވެ. 3ޖޫމަރުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: އަޝްކަނާޒު އާއި، ރީފާޘުއާއި، ތޫޖަރްމަތު އެވެ. 4ޔާވާންގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: އަލީޝަތުގެ މީހުންނާއި، ތަރްޝީޝްގެ މީހުންނާއި، ކިއްތީމުގެ މީހުންނާއި، ދޫދާނީމުގެ މީހުންނެވެ.
5މިއެންމެންގެ އަދަދު ގިނަވެ މިމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ފެތުރުނެވެ. މިބައިމީހުން އެކިއެކި ޤައުމުތަކަށާއި އެކި ބައިތަކަށް ބެހި ތަފާތު ބަސްތަކުން ވާހަކަދައްކައި އުޅުނެވެ. މިބައިމީހުންނަކީ ކަނޑުގެ އައްސޭރިއާއި ކައިރި ސަރަހައްދުތަކުގައި ވަޒަންވެރިވީ މީހުންގެ ކާބަފައިންނެވެ.
މިބުނެވިދިޔައީ އެމީހުންގެ ގަބީލާތަކާއި ބަސްތަކާއި އެމީހުން އުޅުނު ޤައުމުތަކުގެ ނަންތަކެވެ.
6ޙާމުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ކޫޝް އާއި، މިޞްރާއިމް، ފޫޠު އާއި، ކަންޢާނު އެވެ. 7ކޫޝްގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ސަބާ އާއި، ޙަވީލަތު އާއި، ސަބުތަތު އާއި، ރަޢްމަތު އާއި، ސަބުތަކާ އެވެ. ރަޢްމަތުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ޝަބާ އާއި ދަދާން އެވެ.
8ކޫޝް އަކީ ނިމްރޫދުގެ ކާބަފައިކަލުން ނެވެ. ނިމްރޫދުވީ ވަރަށް މަޝްހޫރު ވެރިއަކަށެވެ. 9މާތްރަސްކަލާނގެ އޭނާއަށް ޝިކާރަ ކުރުމުގެ ކުޅަދާނަކަން ދެއްވިއެވެ. އެގޮތުން މޮޅެތި ޝިކާރަވެރިންނަށް ނިސްބަތް ކުރުމުގައި މިފަދައިން މީހުން ބުނެއުޅެއެވެ. ”ނިމްރޫދަށް މާތްރަސްކަލާނގެ ދެއްވިފަދަ ޝިކާރަކުރުމުގެ ކުޅަދާނަކަމެއް ދެއްވާފައިވޭ.“
10ނިމްރޫދުގެ ރަސްކަން އެންމެ ފުރަތަމަ ފެތުރިގެން ދިޔައީ ޝިންޢާރުގެ ސަރަހައްދުތަކުގައެވެ. އޭގެ ތެރޭގައި ބާބިލް އާއި، އާރަކު އާއި، އައްކަދު އާއި، ކަލްނާ ހިމެނެއެވެ. 11ނިމްރޫދު މި ސަރަހައްދުން ދިޔައީ އައްޝޫރު އަށެވެ. އަދި އެ ސަރަހައްދުގައި ވީ ނީނަވާ އާއި ރަޙޫބޫތު ޢައިރު އާއި، ކާލަޙު އާއި، ރަސަން މިހަތަރު ރަށް ނިމްރޫދު ބިނާކުރިއެވެ. 12ރަސަން ވަނީ ނީނަވާ އާއި ކާލަޙު އާއި ދެމެދުގައެވެ. ނިމްރޫދު ވެރިކަން ހިންގި ސަރަހައްދުތަކުގެ ތެރެއިން ކާލަޙު ހިމެނުނީ އެންމެ ބޮޑު އަދި މަޝްހޫރު ރަށް ކަމުގައެވެ.
13-14ލޫދީންނާއި، ޢަނާމީންނާއި، ލަހާބިންނާއި، ނަފްތޫޙީންނާއި، ފަތުރޫސީންނާއި، ކަސްލޫޖީންނާއި، އަދި ކަފްތޫރީންނާއި މިހުރިހައި މީހުންގެ ކާބަފައިކަލުންނަކީ މިޞްރާއިމްއެވެ. އަދި ކަސްލޫޖީންގެ ދަރިކޮޅުގައި ފިލިސްޠީނުންގެ މީހުން ވެސް ހިމެނުނެވެ.
15-18ކަންޢާނުގެ ފުރަތަމަ ދަރިކަލުންނަކީ ޞައިދޫން އެވެ. ޞައިދޫން މީހުންގެ ކާބަފައިކަލުންނަކީ ކަންޢާނުގެ ދަރި މި ޞައިދޫން އެވެ. ޙިއްޘާއީންނާއި، ޔަބޫސީންނާއި، އަމޫރީންނާއި، ޖިރްޖާޝީންނާއި، ޙިއްވީންނާއި، ޢަރްޤީންނާއި، ސީނީންނާއި، އަރްވާދީންނާއި، ޞަމާރީންނާއި، އަދި ޙަމާތީންނާއި، މިހުރިހާ މީހުންގެ ކާބަފައިކަލުންނަކީ ވެސް ކަންޢާނުއެވެ.
19އެއަށް ފަހު ކަންޢާނުގެ ދަރިފަސްކޮޅު ގިނަވެ ތަފާތު ވަންހަތަކަށް ފެތުރިގެން ދިޔައެވެ. އަދި އެބައިމީހުންގެ ސަރަހައްދު ބޮޑުވެ ޞައިދޫންގެ އުތުރުން ފެށިގެން ޖަރާރުގެ ދެކުނުން ޣައްޒާ އާއި ހަމައަށް ފެތުރުނެވެ. އަދި ސަދޫމު އާއި، ޢަމޫރަތު އިރުމަތީ ސަރަހައްދުން ފެށިގެން އަދްމަތާއި، ޞަބޫއީމު އާއި ލާޝަޢަ އާއި ހަމައަށް ފެތުރުނެވެ. 20މިއީ ޙާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.
21ސާމުއަށް ވެސް ދަރިން ލިބުނެވެ. ސާމު އަކީ ޔާފަޘުގެ ބޭބެ އެވެ. ސާމު އަކީ ޢާބިރު ދަރިކޮޅުގެ ކާބަފައިކަލުންނެވެ. 22ސާމުގެ ދަރިފަސްކޮޅުގައި ހިމެނިގެން ވަނީ ޢީލާމު އާއި އައްޝޫރު އާއި އަރުޕަކްޝާދު އާއި ލޫދު އަދި އަރާމު އެވެ. 23އަރާމުގެ ދަރިފަސްކޮޅު ހިމެނިގެން ވަނީ ޢޫޞް އާއި ޙޫލް އާއި ޖާޘިރު އަދި މާޝު އެވެ. 24އަރުޕަކްޝާދު އަކީ ޝާލަޙުގެ ބަފައިކަލުންނެވެ. އަދި ޝާލަޙު އަކީ ޢާބިރުގެ ބަފައިކަލުންނެވެ.
25ޢާބިރުއަށް ދެދަރިން ލިބުނެވެ. އެއީ ފާލިޖު އާއި ޔަޤްޠާނު އެވެ.#10:25 ޢިބްރާނީ ބަހުން ފާލިޖް މިނަމުގެ މާނައަކީ ބައިބަޔަށް ބެހެވުމެވެ. އަދި ދުނިޔެ ބައިބަޔަށް ބެހިގެން ދިޔައީ ފާލިޖުގެ ޙަޔާތުގައެވެ.
26-29އަލްމޫދާދު އާއި، ޝާލަފު އާއި، ޙަޒަރުމައުތު އާއި، ޔާރަޙު އާއި، ހަދޫރާމު އާއި، އޫޒާލް އާއި، ދިޤްލަތު އާއި، ޢޫބާލް އާއި، އަބީމާއިލް އާއި، ޝަބާ އާއި، އޫފީރު އާއި، ޙަވީލާ އާއި، ޔޫބާބުއާއި، މި އެންމެންގެ ކާބަފައިކަލުންނަކީ ޔަޤްޠާނު އެވެ. 30އެމީހުން ދިރިއުޅުނު ސަރަހައްދު ވަނީ އިރުމަތީގެ ފަރުބަދަތަކުގައިވާ ރަށްތަކު ތެރޭގައި ވާ މީޝާ އިން ފެށިގެން ސަފާރު އާއި ދިމާއަށް ފެތުރިފައެވެ.
31މިއީ ސާމުގެ ދަރިކޮޅުގެ މީހުން އެކިއެކި ގަބީލާތަކަށާއި ޤައުމުތަކަށް ފެތުރިގެން ދިޔަ ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމު ތަކާއި ސަރަހައްދު ތަކެވެ. އަދި މިއިން ކޮންމެ ސަރަހައްދެއްގައި އެބައިމީހުން ވާހަކަ ދައްކައި އުޅުނީ ތަފާތު ބަހުރުވަތަކުންނެވެ.
32މިއީ ނޫޙުގެފާނުގެ ދަރިދަރިކަލުންނާއި އަދި އެބައިމީހުންގެ ދަރިފަސްކޮޅު ދުނިޔެއަށް ފެތުރުނު ގޮތާއި އެބައިމީހުން ދިރިއުޅުނު ޤައުމުތަކެވެ. ފެންބޮޑުވުމަށް ފަހު މިގަބީލާތަކުން މީހުން ދުނިޔޭގެ ކަންކޮޅުތަކަށް ބެހި އެމީހުން ޤައުމުތައް ބިނާކުރިއެވެ.
S'ha seleccionat:
ފެށުން 10: ކމ
Subratllat
Comparteix
Copia
Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió
© (Active), Wycliffe Bible Translators, Inc. All rights reserved.

: