ފެށުން 5
5
1މިއީ އާދަމްގެފާނުގެ ދަރިފަސްކޮޅު އުފެދުނު ގޮތުގެ ވާހަކައެވެ. މާތްކަލާނގެ އިންސާނުން ހެއްދެވީ އެކަލާނގެ ސިފަފުޅާ އެއްގޮތަށެވެ.
2އެކަލާނގެ ފިރިހެނުންނާއި އަންހެނުންގެ ގޮތުގައި އިންސާނުން ހެއްދެވިއެވެ. އެމީހުން އުފެއްދެވުމަށް ފަހު އެކަލާނގެ އެމީހުންނަށް ރަޙުމަތްލެއްވި އެވެ. އަދި އެމީހުންނަށް އިންސާނުންނޭ ކިޔައި ނަންދެއްވިއެވެ.
3އާދަމްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަ ތިރީސް އަހަރު ވެފައި ވަނިކޮށް އެކަލޭގެފާނަށް އެކަލޭގެފާނުގެ ސިފަފުޅާ އެއްގޮތް ފިރިހެންދަރިކަލަކު ލިބިވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ފިރިހެން ދަރިކަލުންނަށް ދެއްވި ނަމަކީ ޝީޘް އެވެ. 4އާދަމްގެފާނަށް ޝީޘްގެފާނު ލިބިވަޑައިގަތުމަށް ފަހު އަށްސަތޭކަ އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދިވެސް އެހެން ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން އާދަމްގެފާނަށް ލިބިވަޑައިގެންނެވިއެވެ. 5އާދަމްގެފާނު މުޅިއެކު ނުވަ ސަތޭކަ ތިރީސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އާދަމްގެފާނު އަވަހާރަވީއެވެ.
6ޝީޘްގެފާނު ދުނިޔޭގައި އުޅުއްވާތާ ސަތޭކަފަސް އަހަރުގައި އެކަލޭގެފާނަށް އަނޫޝް ލިބިވަޑައިގެންނެވިއެވެ. 7އަނޫޝް ލިބިވަޑައިގަތުމަށް ފަހު ޝީޘްގެފާނު އަށްސަތޭކަ ހަތް އަހަރު ދުނިޔޭގައި ހުންނެވިއެވެ. އަދި އެހެނިހެން ދަރިދަރިކަލުންނާއި ދަރިދަރި ކަނބަލުން ޝީޘްގެފާނަށް ލިބިވަޑައިގެންނެވިއެވެ. 8ޝީޘްގެފާނު މުޅިއެކު ނުވަ ސަތޭކަ ބާރަ އަހަރު ވަންދެން ދުނިޔޭގައި ހުންނެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އަވަހާރަވީއެވެ.
9އަނޫޝްގެ އުމުރުން ނުވަދިހަ އަހަރުގައި އޭނާއަށް ޤައިނާން ލިބުނެވެ. 10ޤައިނާން ލިބުމަށް ފަހު އަނޫޝް އަށްސަތޭކަ ފަނަރަ އަހަރު ވަންދެން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް އަނޫޝްއަށް ލިބުނެވެ. 11އަނޫޝް މުޅިއެކު ނުވަ ސަތޭކަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
12ޤައިނާންގެ އުމުރުން ހަތްދިހަ އަހަރުގައި އޭނާއަށް މަހްލަލްއީލު ލިބުނެވެ. 13މަހްލަލްއީލު ލިބުމަށް ފަހު އަށްސަތޭކަ ސާޅީސް އަހަރު ޤައިނާން ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޤައިނާންއަށް ލިބުނެވެ. 14ޤައިނާން މުޅިއެކު ނުވަސަތޭކަ ދިހަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
15މަހްލަލްއީލުގެ އުމުރުން ފަސްދޮޅަސް ފަސް އަހަރުގައި އޭނާއަށް ޔާރިދު ލިބުނެވެ. 16ޔާރިދު ލިބުމަށް ފަހު އަށްސަތޭކަ ތިރީސް އަހަރު މަހްލަލްއީލު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް މަހްލަލްއީލުއަށް ލިބުނެވެ. 17މަހްލަލްއީލު މުޅިއެކު އަށްސަތޭކަ ނުވަ ދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
18ޔާރިދުގެ އުމުރުން ސަތޭކަ ފަސްދޮޅަސް ދެ އަހަރުގައި އޭނާއަށް އިދުރީސްގެފާނު ލިބުނެވެ.#5:18 އިދުރީސްގެފާނުގެ ނަންފުޅު ޢިބްރާނީ ބަހުން ބޭނުން ކޮށްފައި ވަނީ ޚަނޯކްގެ ނަންފުޅުގައެވެ. އަދި ބައެއް ޢިލްމުވެރިން ޢާޝްގެފާނުގެ ނަންފުޅުގައި ވެސް ބޭނުން ކުރައްވައެވެ. 19އިދުރީސްގެފާނު ލިބުމަށް ފަހު އަށް ސަތޭކަ އަހަރު ޔާރިދު ދުނިޔޭގައި ހުއްޓެވެ. އަދި އިތުރު ފިރިހެން ދަރިންނާއި އަންހެން ދަރިން ވެސް ޔާރިދަށް ލިބުނެވެ. 20މުޅިއެކު ނުވަ ސަތޭކަ ފަސްދޮޅަސް ދެ އަހަރު ޔާރިދު ދުނިޔޭގައި އުޅުމަށް ފަހު އޭނާ މަރުވީއެވެ.
21އިދުރީސްގެފާނުގެ އުމުރުފުޅުން ފަސްދޮޅަސް ފަސް އަހަރުގައި އެކަލޭގެފާނަށް މަތޫޝާލިޙު ލިބިވަޑައިގެންނެވިއެވެ. 22މަތޫޝާލިޙު ލިބިވަޑައިގަތުމަށް ފަހު ތިންސަތޭކަ އަހަރު އެކަލޭގެފާނު މާތްކަލާނގެ ރުހިވޮޑިގަންނަވާ މަގުން ހިންގެވިއެވެ. އަދި އެކަލޭގެފާނަށް އިތުރު ދަރިދަރިކަލުންނާއި ދަރިދަރިކަނބަލުން ވެސް ލިބިވަޑައިގަތެވެ. 23އިދުރީސްގެފާނު މުޅިއެކު ތިންސަތޭކަ ފަސްދޮޅަސް ފަސް އަހަރު ދުނިޔޭގައި ހުންނެވިއެވެ. 24އިދުރީސްގެފާނު މާތްކަލާނގެއަށް އީމާންވުންމަތީ ދެމިހުންނެވިއެވެ. އަދި މާތްކަލާނގެ އިދުރީސްގެފާނު އަވަހާރަ ނުވަނީސް އެކަލާނގެއާއެކުގައި ވުމަށް ގެންދެއްވިއެވެ.
25މަތޫޝާލިޙުގެ އުމުރުން ސަތޭކަ އަށްޑިހަ ހަތް އަހަރުގައި އޭނާއަށް ލާމިކު ލިބުނެވެ. 26ލާމިކު ލިބުމަށް ފަހު އޭނާ ހަތްސަތޭކަ އަށްޑިހަ ދެ އަހަރު ދުނިޔޭގައި ހުއްޓެވެ. އޭނާއަށް އެހެން ވެސް ފިރިހެންދަރިންނާ އަންހެންދަރިން ލިބުނެވެ. 27މަތޫޝާލިޙު މުޅިއެކު ނުވަސަތޭކަ ފަސްދޮޅަސް ނުވަ އަހަރު ދުނިޔޭގައި ހުއްޓެވެ. އެއަށް ފަހު އޭނާ މަރުވީއެވެ.
28ލާމިކުގެ އުމުރުން ސަތޭކަ އަށްޑިހަ ދެ އަހަރުގައި އޭނާއަށް ވެސް ފިރިހެން ދަރިކަލަކު ލިބުނެވެ. 29އެދަރިފުޅުގެ ނަމަކަށް އޭނާ ކީ ނޫޙު އެވެ.#5:29 ޢިބްރާނީ ބަހުން ލުއިފަސޭހަކަން މިބަހަކީ ނޫޙު މިނަމާ ވަރަށް ވައްތަރު ބަހެކެވެ. ލާމިކު ބުންޏެވެ. ”މާތްރަސްކަލާނގެ ރުހުން ލިބިފައިނުވާ މިބިމުގައި އަހަރެމެންނަށް ކުރަންޖެހޭ ބުރަމަސައްކަތުގެ އުނދަގުލާއި ވޭނުން މިކުއްޖާ އަހަރެމެންނަށް ލުއިފަސޭހަކަން ހޯދައިދޭނެ.“
30ނޫޙުގެފާނު ލިބުމަށް ފަހު ލާމިކު ފަސްސަތޭކަ ނުވަދިހަ ފަސް އަހަރު ދުނިޔޭގައި ހުއްޓެވެ. އަދި އެހެން ވެސް އަންހެންދަރިންނާއި ފިރިހެންދަރިން އޭނާއަށް ލިބުނެވެ. 31ލާމިކު މުޅިއެކު ހަތްސަތޭކަ ހަތްދިހަ ހަތް އަހަރު ދުނިޔޭގައި އުޅުމަށް ފަހު މަރުވީއެވެ.
32ނޫޙުގެފާނުގެ އުމުރުފުޅުން ފަސްސަތޭކަ އަހަރުގައި އެކަލޭގެފާނަށް ތިން ފިރިހެންދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އެތިން ދަރިކަލުންގެ ނަމަކީ ސާމާ އާއި ޙާމާ އާއި ޔާފަޘު އެވެ.
S'ha seleccionat:
ފެށުން 5: ކމ
Subratllat
Comparteix
Copia
Vols que els teus subratllats es desin a tots els teus dispositius? Registra't o inicia sessió
© (Active), Wycliffe Bible Translators, Inc. All rights reserved.

: