ލޫކާސް 23
23
އީސާގެފާނު ޕިލާތުސްގެ ގާތަށް ގެންދެވުން
1ދެން މިއަށް ފަހު މި ކޯޓުގައި ވީ އެންމެން އީސާގެފާނު ގޮވައިގެން އެތަނުން ރޯމުގެ ވެރިޔާ ޕިލާތުސްގެ ގާތަށް ދިޔައެވެ. 2ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.“
3ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”ކަލެއަކީ ބަނީއިސްރާއީލުގެ ރަސްގެފާނު ތަ؟“
އީސާގެފާނު މީގެ ޖަވާބުގައި ވިދާޅުވިއެވެ. ”ތިޔަބޭފުޅާ ތިޔަވިދާޅުވީ އެފަދައިން.“
4ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.“
5ނަމަވެސް މިބައިމީހުން ތަކުރާރު ކޮށް ބުނަމުން ގެންދިޔައެވެ. ”މީނާ މުޅި ޖުދެއާ ކަރައިގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވަން މަސައްކަތް ކުރި. އޭނާ މިކަން ކުރަނީ މީސްތަކުންނަށް އޭނާ ކިޔަވައިދެމުން ގެންދާ ކިޔަވައިދިނުމުން. އޭނާ މިކަންތައް ފެށީ ގަލީލީގައި ނަމަވެސް މިހާރު މީނާ ޖެރޫސަލަމާ ހަމައަށް އަތުވެއްޖެ.“
6މިހެން ބުނެވުނު އަޑު އިވި ޕިލާތުސް ސުވާލު ކުރިއެވެ. ”މީނާއަކީ ގަލީލީގެ މީހެއް ތަ؟“ 7ޕިލާތުސްއަށް އީސާގެފާނު އަކީ ގަލީލީގެ ރަށްވެއްސެއް ކަން އެނގުމުން އޭނާ އީސާގެފާނު ގަލީލީ ކަރައިގެ ވެރިއަކަށް އޭރު ހުރި ހެރޮދު ގެ ގާތަށް ފޮނުވިއެވެ. ހެރޮދު ވެސް އެވަގުތު ހުރީ ޖެރޫސަލަމުގައެވެ.
8އީސާގެފާނު ފެނުމުން ހެރޮދު ވަރަށް ބޮޑަށް އުފާކުރިއެވެ. އެއީ އޭނާ އީސާގެފާނާއި ބެހޭ ޚަބަރުތައް ވަރަށް ބޮޑަށް އަހާފައި ވުމާއިއެކު އެކަލޭގެފާނުގެ ފަރާތުން މުޢުޖިޒާތެއް ދުށުމުގެ އުންމީދުގައެވެ. 9ހެރޮދު އީސާގެފާނު ކުރެން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އީސާގެފާނު ޖަވާބެއް ނުދެއްވައެވެ. 10ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން އެތާނގައި ވިއެވެ. އަދި ރުޅިވެރިކަމާއިއެކު މިބައިމީހުން އީސާގެފާނާއި ބެހޭ ގޮތުން ތުހުމަތުތައް ހެރޮދުއަށް ހުށައަޅަމުން ގެންދިޔައެވެ. 11ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ. 12މި ދުވަހުގެ ކުރީގައި ހެރޮދު އާއި ޕިލާތުސް އަކީ ދެ ދުޝްމިނުން ކަމުގައި ވިޔަސް މި ދުވަހަށް ފަހު އެދެމީހުންނީ ދެރަޙުމަތްތެރިން ކަމުގައި ވިއެވެ.
އީސާގެފާނަށް މަރުގެ ޙުކުމް
13-14ޕިލާތުސް އެތާ އެއްވެ ތިބި ބޮޑު އިމާމުންނަށާއި ބަނީއިސްރާއީލުގެ ވެރިންނަށާއި އާންމުންނަށް ގޮވާ އެމީހުންނަށް ބުންޏެވެ. ”މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަލޭމެން އަހަރެންގެ ގާތަށް ގެނައި މިމީހާއާއި މެދު އަހަރެން ވަރަށް ރަނގަޅަށް ހޯދާ ބަލައިފިން. ނަމަވެސް އަހަރެންނަށް ފެންނަ ގޮތުގައި ކަލޭމެން ތިޔަ ކުރާ ހުރިހާ ތުހުމަތުތަކުން އެންމެ ތުހުމަތެއް ވެސް ތެދު އެއްޗަކަށް ނުވޭ. 15ހެރޮދުއަށް ވެސް ފެނުނީ ހަމަ މިފަދަ ހެކިތަކެއް. އޭނާ މިމީހާ އަނބުރާ އަހަރެންގެ ކައިރިޔަށް ފޮނުވީ އެހެން ވެގެން. އޭނާއަށް މަރުގެ ޙުކުމް ޙައްޤު ވެގެނެއް ނުވޭ. 16ވީމާ އޭނާގެ ގައިގައި ހަންމުށި އެޅުމަށް ފަހު މިނިވަން ކުރުމަށް އަހަރެން ޙުކުމްކުރާނަން.“
17 ފަހަނަޅައި ދިއުމުގެ ޢީދުގެ މުނާސަބަތުގައި ރޯމުގެ ސަރުކާރުން ބަނީއިސްރާއީލު މީހުން ހިތްހަމަޖެއްސުމުގެ ގޮތުން ކުށްވެރިންގެ ތެރެއިން މީހަކު މިނިވަން ކޮށްދެއެވެ.
18އެއްވެފައިވާ ހުރިހާ މީސްތަކުން އެއްއަޑުން ހަޅޭއްލަވަން ފެށިއެވެ. ”އޭނާއަށް މަރުގެ ޙުކުމް ކުރޭ. އޭނާގެ ބަދަލުގައި އަހަރެމެންނަށްޓަކައި ބަރައްބާސް މިނިވަން ކޮށްދީ.“ 19މި ބަރައްބާސް އަކީ ސަރުކާރާއި ދެކޮޅަށް ބަޣާވަތެއްގައި ބައިވެރިވެ އަދި މީހަކު މަރާލީތީ ޖަލަށް ލެވިފައިވާ މީހެކެވެ.
20ޕިލާތުސް އީސާގެފާނު މިނިވަން ކުރެވޭތޯ އަނެއްކާ ވެސް އެއްވެފައިވާ މީސްތަކުންނާއި ބަހުސްކޮށް ވާހަކަ ދެއްކިއެވެ. 21ނަމަވެސް އެމީސްތަކުން ހަޅޭއްލަވަމުން ގެންދިޔައެވެ. ”އޭނާ ސަލީބަށް އަރުވާ. އޭނާ ސަލީބަށް އަރުވާ.“
22ޕިލާތުސް އެބައިމީހުންނަށް ތިންވަނަ ފަހަރަށް ބުންޏެވެ. ”މީނާ ސަލީބަށް އަރުވާންވީ ކީއްވެގެން؟ މީނާގެ ކުށަކީ ކޮބާ؟ އޭނާއަށް މަރުގެ ޙުކުމް ކުރަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަހަރެން އޭނާގެ ގައިގާ ހަންމުށި އެޅުމަށް ޙުކުމް ކުރުމަށް ފަހު އޭނާ މިނިވަން ކުރާނީ.“
23ނަމަވެސް މީސްތަކުން ހުއްޓުމެއް ނެތި ހަޅޭއްލަވަމުން ގެންދިޔައީ އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށެވެ. އެބައިމީހުންގެ އަޑުތައް އިރަކަށް ވުރެ އިރެއް ބާރުވަމުން ދިޔައެވެ. 24އެންމެފަހުން ޕިލާތުސް އެބައިމީހުން ކެނޑިނޭޅި ލަވަމުން ދިޔަ ހަޅޭކުގެ ސަބަބުން އެބައިމީހުން އެދުނު ގޮތާއި އެއްބަސްވެ 25އީސާގެފާނުގެ ބަދަލުގައި އެބައިމީހުން އެދުނު މީހާ މިނިވަންކޮށް ދިނެވެ. މިމީހާއަކީ ސަރުކާރާއި ދެކޮޅަށް ބަޣާވަތް ކޮށް އަދި މީހަކު މަރާލުމުގެ ކުށުގައި ޖަލަށް ލެވިފައިވާ މީހެކެވެ. އަދި އީސާގެފާނުގެ މައްޗަށް އެމީހުން އެދުނު ފަދައިން ކަންކުރުމަށް ޕިލާތުސް އެއްބަސްވިއެވެ.
އީސާގެފާނު ސަލީބަށް އެރުވުން
26ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ. 27އީސާގެފާނުގެ ފަހަތްޕުޅުން އެތައް ހާސް ބަޔަކު ދިޔައެވެ. މިމީހުންގެ ތެރޭގައި ރޮމުން ހިތާމަ ކުރަމުން ދިޔަ ބައެއް އަންހެނުން ވެސް ހިމެނުނެވެ. 28އީސާގެފާނު މިއަންހެނުންނާއި ދިމާލަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”ޖެރޫސަލަމުގެ އަންހެން ދަރިންނޭ. އަހަރެންނަށްޓަކައި ރޮއި ހިތާމަ ނުކުރޭ. އޭގެ ބަދަލުގައި ކަލޭމެންގެ އަމިއްލަ ނަފުސާއި އަދި ކަލޭމެންގެ ދަރިންގެ މައްޗަށް ހިތާމަ ކުރޭ. 29ކަލޭމެން އެކަކު އަނެކަކަށް މިފަދައިން ބުނާނެ ދުވަހެއް އަންނާނެ. ’ދުވަހަކު ވެސް ދަރިއަކު ނުލިބޭ އަންހެނުންނާއި ދަރިއަކަށް ކިރު ނުދޭ އަންހެނުންނަށް ބަރަކާތްތެރިކަން ހުއްޓޭ.‘ 30އެދުވަހު މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔުއްވައިފައިވާ ފަދައިން: މީސްތަކުން ފަރުބަދަތަކަށް ބުނާނެއޭ. ’އޭފަރުބަދަތަކާއޭ. އަހަރެމެންގެ މައްޗަށް ވެއްޓޭށޭ.‘ އަދި ހިލަތަކަށް ބުނާނެއޭ. ’އޭ ހިލަތަކާއޭ. އަހަރެމެން ފޮރުވާށޭ.‘ 31ކުށެއްނެތް މީހަކާ ދޭތެރޭ މިފަދައިން ކަންކުރެވޭ އިރު ކުށްވެރި ވެފައިވާ މީހުންނާއި ދޭތެރޭ ކަންތައް ކުރެވޭނީ ކިހިނަކުން ތަ؟“
32މަރުގެ އަދަބު ދިނުމަށްޓަކައި އީސާގެފާނުގެ އިތުރުން ކުށްވެރިންގެ ދެމީހަކު ވެސް ގެނެވުނެވެ. 33އެބައިމީހުން އީސާގެފާނާއި މި ދެކުށްވެރިންގެ މީހުން ”ބޮލުގެ ނާށިގަނޑުގެ މަޤާމޭ“ ނަމަކަށް ކިޔުނު ހުސް ބިމަށް ގެންދިޔައެވެ. އަދި އެތާނގައި މިބައިމީހުން އީސާގެފާނު ސަލީބަށް އެރުވިއެވެ. އަދި މި ދެކުށްވެރިން ވެސް އެކަކު އީސާގެފާނުގެ ކަނާއަތްޕުޅު ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ވާ ގޮތަށް ސަލީބަށް އެރުވިއެވެ. 34އެވަގުތު އީސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދެންނެވިއެވެ. ”ބައްޕާ! އެބައިމީހުންގެ ފާފަ ފުއްސަވާ ދެއްވާ. އެބައިމީހުން އެކުރާ ކަންތައްތަކެއް އެބައިމީހުންނަކަށް ނުވިސްނޭ.“ އީސާގެފާނު ސަލީބަށް އެރުވުމުގެ ކަންތައް ކުރި ސިފައިންގެ މީހުން އެކަލޭގެފާނުގެ ހެދުންކޮޅު ލިބޭނެ މީހަކު ބެލުމަށް ގުރުއަތު ލިއެވެ.
35މީސްތަކުން މި މަންޒަރުތައް ބެލުމަށް އެއްވެ ތިބި ވަގުތު ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނަށް މަލާމާތް ކުރަމުން ގެންދިޔައެވެ. ”މީނާ އެހެން މީހުން ސަލާމަތް ކޮށްދިން. އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ، އޭނާ އޭނާގެ އަމިއްލަ ނަފްސު ސަލާމަތް ކޮށްފާނެއެއްނު.“
36ސިފައިންގެ މީހުން ވެސް އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނަށް މަލާމާތް ކުރިއެވެ. އަދި އެކަލޭގެފާނު ހިތްޕަވާތޯ ބަލަން ހުތް މޭބިސްކަދުރު ދިޔަ ދީފައި 37އެކަލޭގެފާނަށް ބުންޏެވެ. ”ކަލެއަކީ ބަނީއިސްރާއީލުގެ ރަސްގެފާނަށް ވާ ނަމަ ކަލޭގެ އަމިއްލަ ނަފްސު ނިކަން ސަލާމަތް ކޮށްބަލަ!“
38އެކަލޭގެފާނުގެ ބޯފުޅާ ދިމާލު މަތީގައި ތުހުމަތުގެ ލިޔުމެއް ހަރު ކޮށްފައި ހުއްޓެވެ. އޭގައި ލިޔެވިފައި ވިއެވެ: ”މިއީ ބަނީއިސްރާއީލުގެ ރަސްގެފާނެވެ.“
39އީސާގެފާނާއި އެކު ސަލީބަށް އެރުވުނު ދެކުށްވެރިންގެ ތެރެއިން އެކަކު އެކަލޭގެފާނަށް އެއްޗެތި ގޮވަމުން ގެންދިޔަ އެވެ. އޭނާ އެކަލޭގެފާނަށް ބުންޏެވެ. ”ކަލެއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙުއެއްނު؟ އެހެން ވީއިރު ކަލޭގެ އަމިއްލަ ނަފްސު މިތަނުން ސަލާމަތް ކޮށް އަދި އަހަރެމެން ވެސް ސަލާމަތް ކޮށްދޭންވީނު؟“
40ނަމަވެސް އަނެއް ކުށްވެރިޔާ އޭނާއާ ދެކޮޅުވެ ބުންޏެވެ. ”މާތްރަސްކަލާނގެ ކިބަފުޅަށް ކޮންމެ ވެސް ވަރެއްގެ ބިރުވެތިކަމެއް ބަހައްޓާ. އަހަރެމެން ތިން މީހުންނަށް މި ވަނީ މަރުގެ ޙުކުމް ކޮށްފަ. 41އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މި ގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.“
42ދެން އޭނާ އީސާގެފާނަށް ދެންނެވިއެވެ. ”އީސާގެފާނު! ކަލޭގެފާނުގެ ރަސްކަންފުޅުގެ ދުވަހުގައި އަޅުގަނޑުގެ މަތިން ހަނދުމަފުޅު ކުރައްވާތި.“
43އީސާގެފާނު ޖަވާބުގައި އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން ކަލެއަށް ޔަޤީން ކަމާއިއެކު ބުނަން. ކަލޭ އަހަރެންނާއި އެކު ހަމަ މިއަދު ސުވަރުގޭގައި ވާނެ.“
އީސާގެފާނުގެ މަރު
44މެންދުރުން ގާތްގަނޑަކަށް ބާރަ ޖަހާ އެހާކަން ހާ އިރު ކުއްލިއަކަށް އިރުގެ އަލިކަން ކެނޑި މުޅި ރަށް އަނދިރި ވެއްޖެއެވެ. މެންދުރު ފަހު ތިނެއް ޖަހަން ދެން މިއަނދިރި ކަން މިފަދައިން ދެމި ހުއްޓެވެ. 45ދެން އެވަގުތު ބައިތުލް މަޤްދިސްގެ އެތެރޭގައި ވާ ޚާއްސަ ފަރުދާ ދެފަޅިއަށް އިރިގެން ދިޔައެވެ. އެވަގުތު އީސާގެފާނު ގަދަ އަޑުފުޅުން ގޮވައި ލެއްވިއެވެ. 46”ބައްޕާ! އަހަރެންގެ ފުރާނަ ބައްޕައާއި ހަވާލު ކުރަން.“ މިހެން ވިދާޅުވި ހިނދު އެކަލޭގެފާނުގެ ފުރާނަފުޅު އެކަލޭގެފާނުގެ ހަށިކޮޅާއި ވަކިވެއްޖެއެވެ.
47މިކަންތައްތަކާއި ހަވާލު ވެގެން ހުރި ރޯމުގެ ސިފައިންގެ އޮފިސަރު ބުންޏެވެ. ”މިމީހާއަކީ އެއްވެސް ކުށެއްނެތް ރަނގަޅު މީހެއް ކަން ހަމަ ޔަޤީން.“ މިފެނި ދިޔަ ހުރިހާ ކަންތައްތަކެއްގެ ސަބަބުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވިއެވެ.
48މިތަނަށް އެއްވެ ތިބި މީސްތަކުންނަށް ކަންތައްތައް ހިނގާދިޔަ ގޮތް ފެނި އެކަމާ ލަދު ގަނެ ވަރަށް ބޮޑަށް ހިތަށް އަސަރު ކޮށް ރޮމުން ގިސްލަމުން އެނބުރި އެބައިމީހުންގެ ގޭގެއަށް ހިނގައްޖެއެވެ. 49ނަމަވެސް އީސާގެފާނުގެ ހުރިހާ ރަޙުމަތްތެރިންނާއި އަދި އެކަލޭގެފާނުގެ އަރިހުގައި ގަލީލީއިން އައި އަންހެނުން ވެސް ދުރުގައި މިކަންތައްތައް ހިނގާދިޔަ ގޮތް ބަލަން ތިއްބެވެ.
އީސާގެފާނު ކަފުން ކުރުމަށް ތައްޔާރުކުރުން
50-51ޖުދެއާ ކަރައިގެ އަރިމާތެއާ ރަށުން އައި ޔޫސުފު އޭ ނަމަކަށް ކިއުނު މީހަކު އެތާނގައި ވިއެވެ. މިޔޫސުފު އަކީ ތެދުވެރި ޞާލިޙު މީހެކެވެ. އޭނާއަކީ ވެސް މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވާނެ ދުވަހުގެ އިންތިޒާރުގައި ހުރި މީހެކެވެ. އޭނާއަކީ ބަނީއިސްރާއީލު ދީނީކޯޓުގެ މެމްބަރަކު ކަމުގައި ވީ ނަމަވެސް އީސާގެފާނާއި ދޭތެރޭ ބަނީއިސްރާއީލުގެ ވެރިން މިނިންމި ނިންމުމާއި ކަންތައް ކުރި ގޮތާއި އޭނާ އެއްބަހެއް ނުވެއެވެ. 52މިޔޫސުފު ޕިލާތުސްގެ ގާތަށް ގޮސް އީސާގެފާނު ފަސްދާން ލެއްވުމަށްޓަކައި އެކަލޭގެފާނުގެ ހަށިކޮޅަށް އެދުނެވެ. 53ދެން އޭނާ އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ތިރިކޮށް އެންމެ އަގުބޮޑު ފޮތީގެ ފޮތިގަނޑަކުން އެހަށިކޮޅު ނިވާކޮށް ކަފުންކުރުމަށްޓަކައި ގެންދިޔައެވެ. ފަރުބަދާގައި ހަދައިފައިވާ ހޮހަޅައެއް އެތާނގައި ވިއެވެ. އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފަ އަދި ނުވެއެވެ. ޔޫސުފު އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވިއެވެ. 54މިއަދަކީ ސަބަތުގެ ދުވަހަށް ތައްޔާރު ކުރާ ދުވަހެވެ. އަދި މިހާރު ސަބަތުގެ ދުވަހަށް އިރު އޮއްސެން ވަނީ ވަރަށް ކައިރި ވެފައެވެ.
55އީސާގެފާނުގެ އަރިހުގައި ގަލީލީއިން އައި އަންހެނުން ވެސް ޔޫސުފުގެ ފަހަތުން ދިޔައެވެ. އަދި އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވުނު ގޮތް މިއަންހެނުން ވެސް ދުއްޓެވެ. 56ދެން މިބައިމީހުން އެނބުރި ގެއަށް ގޮސް އީސާގެފާނުގެ ހަށިކޮޅަށް ކަފުން ކުރުމަށްޓަކައި އެޅުމަށް ބޭނުންވާނޭ މީރުވަސް ދުވާ ތަކެތި ތައްޔާރު ކުރިއެވެ. ނަމަވެސް ބަނީއިސްރާއީލުގެ ދީނުގެ ޙުކުމުގައި ވާ ފަދައިން ސަބަތުގެ ދުވަހުގައި މިބައިމީހުން ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބެވެ.
လက္ရွိေရြးခ်ယ္ထားမွု
ލޫކާސް 23: ކމ
အေရာင္မွတ္ခ်က္
မၽွေဝရန္
ကူးယူ
မိမိစက္ကိရိယာအားလုံးတြင္ မိမိအေရာင္ခ်ယ္ေသာအရာမ်ားကို သိမ္းဆည္းထားလိုပါသလား။ စာရင္းသြင္းပါ (သို႔) အေကာင့္ဝင္လိုက္ပါ
© (Active), Wycliffe Bible Translators, Inc. All rights reserved.

: