1
ލޫކާސް 19:17
ކިތާބުލް މުޤައްދަސާ
އެކަލޭގެފާނު މިމީހާއަށް ވިދާޅުވިއެވެ. ”ތެދުވޭ. އަދި ކަލޭގެ މަގުގައި ކުރިއަށް ދޭ. ކަލޭގެ ބަލި ހެޔޮވެފައި ތިޔަވަނީ ކަލޭ އީމާންވީތީ.“
താരതമ്യം
ލޫކާސް 17:19 പര്യവേക്ഷണം ചെയ്യുക
2
ލޫކާސް 4:17
ކަލޭގެ އަޚާ ދުވާލަކު ހަތް ފަހަރު ކަލެއާ ދޭތެރޭ ނުބައިކޮށް ކަންތައް ކޮށްފައި ހަތް ފަހަރު ކަލޭގެ ކައިރިއަށް އައިސް ’އަހަންނަށް މަޢާފުކުރާށޭ‘ ބުންޏަސް އެހުރިހާ ފަހަރަކު ވެސް ކަލޭ އޭނާއަށް މަޢާފު ކުރާތި.“
ލޫކާސް 17:4 പര്യവേക്ഷണം ചെയ്യുക
3
ލޫކާސް 15:17-16
މިތަނުން އެކަކު އޭނާގެ ބަލި ފަސޭހަ ވި ތަން ދެކެ ހަމަ ވަގުތުން އެނބުރި އީސާގެފާނުގެ އަރިހަށް އައެވެ. އަދި ބާރު އަޑުން މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ކުރަމުން އީސާގެފާނުގެ ފައިންޕުޅުގެ ދަށަށް ސަޖިދަކޮށް ތިރިވިއެވެ. އަދި އެކަލޭގެފާނަށް ޝުކުރު އަދާކުރިއެވެ. މިމީހާއަކީ ސަމީރިއްޔާގެ މީހެކެވެ.
ލޫކާސް 17:15-16 പര്യവേക്ഷണം ചെയ്യുക
4
ލޫކާސް 3:17
ވީމާ ކަލޭމެން ވަރަށް ބަލައިގެން އުޅޭތި. ކަލޭގެ އަޚާ ފާފަ ކޮށްފި ނަމަ އޭނާއަށް ނުރުހުން ފާޅުކުރާތި. އަދި އޭނާ ތައުބާ ވެއްޖެ ނަމަ އޭނާއަށް މަޢާފު ކުރާތި.
ލޫކާސް 17:3 പര്യവേക്ഷണം ചെയ്യുക
5
ލޫކާސް 17:17
އީސާގެފާނު އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”އަހަރެން ދިހަ މީހުންގެ ބަލި ފަސޭހަ ކުރިން. އަނެއް ނުވަ މީހުން ކޮބާ؟
ލޫކާސް 17:17 പര്യവേക്ഷണം ചെയ്യുക
6
ލޫކާސް 6:17
އީސާގެފާނު އެމީހުންނަށް މިފަދައިން ޖަވާބު ދެއްވިއެވެ. ”ރެވި އޮށެއް ހާ މިންވަރުގެ އީމާންކަން ކަލޭމެންގެ ކިބައިގައި ވާ ނަމަވެސް މި ތޫތު ގަހަށް މުލުން ލުހިގެން ގޮސް ކަނޑުގައި އިންދޭށޭ ބުންޏަސް އެގަސް ކަލޭމެންގެ އަމުރަށް ކިޔަމަން ވާނެ.
ލޫކާސް 17:6 പര്യവേക്ഷണം ചെയ്യുക
7
ލޫކާސް 33:17
އެމީހެއްގެ ދިރިއުޅުން ސަލާމަތް ކުރަން އުޅެފި ކޮންމެ މީހެއްގެ ދިރިއުޅުން ގެއްލޭނެ. އަދި މިދިރިއުޅުން ގެއްލިއްޖެ ކޮންމެ މީހެއްގެ ދިރިއުޅުން ސަލާމަތް ވާނެ.
ލޫކާސް 17:33 പര്യവേക്ഷണം ചെയ്യുക
8
ލޫކާސް 1:17-2
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އިންސާނުންނަށް ފާފަ ކުރެވޭ ކަހަލަ ކަންތަކާއި ދިމާވާނެ. އެކަމަކު އެ ފާފަ ކުރެވޭ ކަހަލަ ކަންތައް ކުރުމަށް މެދުވެރިއަކަށް ވާ މީހަކަށް ހިތާމަ ހުރި. މިނިކަމެތި މީހުންނަށް ފާފަކުރުމަށް ޖެއްސުމަށް ވުރެ އެމީހާ ކަރުގައި ކަޅުހިލަ ދައެއް ބަނދެފަ ކަނޑަށް އެއްލާލެވުނު ނަމަވެސް އެއަށް ވުރެ މާ ރަނގަޅު ވާނެ.
ލޫކާސް 17:1-2 പര്യവേക്ഷണം ചെയ്യുക
9
ލޫކާސް 26:17-27
ނޫޙުގެފާނުގެ ދުވަސްވަރު ކަންތައްތައް ވީ ފަދައިން އިންސާނާގެ ދަރިކަލުން އެނބުރި ވަޑައިގަންނަވާ ދުވަހު ވެސް ކަންތައްތަކެއް ފެންނާނެ. ނޫޙުގެފާނު އެކަލޭގެފާނުގެ ނައުކޮޅަށް އަރާވަޑައިގަތް. ނަމަވެސް ފެންބޮޑުވެ އެންމެން ނެތިވެ ދަންދެން މީސްތަކުން މީހުންނާއި އިނދެ ކައިބޮއި މަޖާކޮށް އުޅުނު.
ލޫކާސް 17:26-27 പര്യവേക്ഷണം ചെയ്യുക
നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ